ވިޔަފާރި

ފެން ބިލު ދައްކައިގެން 1000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި


އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރުންނަށް ޢަމާޒުކޮށްގެން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، "އެއްހާސް" ރުފިޔާ ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެެ.

"އެއްހާސް އެއްހާސް"ގެ ނަމުގައި ކުރިއަށްދާ މި މިޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ހުރިހާ ފެންބިލަކަށް ފައިސާ ދައްކަވާ ޚަލާސް ކުރައްވާ ކޮންމެ ފަރާތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެއެވެ. އަދި ވަކި މަސްތަކަކަށް ބަހާލައިގެން ބިލަށް ފައިސާ ދައްކަވަމުންގެންދާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕް އާއި، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އަދި ޗެކް ނުވަތަ ނަޤްދު ފައިސާއިންވެސް ކަސްޓަމަރުންނަށް ފެން ބިލަށް ފައިސާ ދެއްކޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.

މި ޕްރޮމޯޝަންއަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީން ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށްޓަށް އަމާޒުކޮށް ކުރިއަށްގެންދާ ޕްރޮމޯޝަންއެކެވެ.