ކުޅިވަރު

މިލަންދޫން، ޅައިމަގު ކޮޅަށް ފަސް ލަނޑު ޖަހައިފި


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގައި މިލަންދޫން ޅައިމަގު ކޮޅަށް ފަސް ލަނޑު ޖަހައިފިއެވެ. ށ.އަތޮޅުގައި މިލަންދޫގެ ދެވަނަ މެޗުގައި ލަނޑުތައް ޖެހީ އިސްމާއީލް ފަތުހީ، އަލީ އީނާސް، އިބްރާހީމް ޝިޔާމް، އަދި އިބްރާހީމް ޝިވާޒްއެވެ. އަލީ އީނާސް މެޗުގައި ދެލަނޑު ޖެހިއެވެ. މުބާރާތުގައި މިލަންދޫ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. މިއީ ޅައިމަގު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ނ.އަތޮޅުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކުރީ މާފަރެވެ. އެއީ ޅޮހީގައި ޅޮއްސާއި ވާދަކޮށް އެކެއް ސުމަކުން ކުރި ހޯދައިގެންނެވެ. ޅޮހި ވަނީ ފުރަތަމަ މެޗުންވެސް ބަލިވެފައެވެ.