ކުޅިވަރު

ހަސަތޭކައެއްހާ ސަޕޯޓަރުންގެ އެހީގައި ތިނަދޫން ހޯޑެއްދޫ ބަލިކޮށްފި


ހަ ސަތޭކައެއްހާ ސަޕޯޓަރުންގެ އެހީއާއެކު ހޯޑެއްދޫގައި، ހޯނޑެއްދޫގެ މައްޗަށް ތިނަދޫ ކުރި ހޯދައިފިއެވެ. މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގައި މިއަދު ހޯޑެއްދޫގެ މައްޗަށް ތިނަދޫ ކުރި ހޯދީ ދޭއް އެކަކުންނެވެ.ފުރަތަމަ މެޗުން ބަލިވެފައިވާ ތިނަދޫ ޓީމަށް ސަޕޯރޓްކުރުމަށް މިއަދު ތިނަދޫގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހޯޑެއްދޫއަށް ގޮސްފައެވެ. އެގޮތުން ބޮޑު ތިން ދޯންޏާއި ލޯންޗްފަހަރުތައް ފުރިގެން މީހުން ދިޔަކަށް ތިނަދޫ ޓީމުން މައުލޫމާތުދެއެވެ. ސަޕޯޓަރުންގެ ފަރާތުން ޓީމަށް ވަރަށްބޮޑު ތަރުހީބެއް ލިބުންކަމަށް ތިނަދޫ ޓީމުން މައުލޫމާތުދެއެވެ. މުބާރާތުގައި މ.އަތޮޅުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކުރީ ވޭވަށެވެ. ވޭވަށުގައި ކުޅުނު މިމެޗު ވޭވަށް ކާމިޔާބުކުރީ ތިނެއް އެކަކުންނެވެ. ވޭވަށް ވަނީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، މިއަތޮޅުގެ އެއްވަނައިގައެވެ.