ޚަބަރު

ދުންޔާ ޖަޕާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި


ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ޖަޕާނުގެ ފޮރިން މިނިސްޓަރ ފޫމިއޯ ކިޝިޑާއާ ބައްދަލުކުރައްވައިފިއެވެ.ޖަޕާނުގައި ކުރިއަށްދާ "ވޯލްޑް އެސެންބްލީ ފޯރ ވިމެން"ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ޖަޕާނުގެ ފޮރިން މިނިސްޓަރާ ޓޯކިޔޯގައި ބައްދަލުކުރައްވާ މިނިސްޓަރ ދުންޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާ ރާއްޖެއާ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.ޖަޕާނަކީ ރާއްޖެއަށް ހުރިހާގޮތަކުންވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާ ޤައުމެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިބައްދަލުވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.ފޮރިން މިނިސްޓަރ ދުންޔާ މައުމޫންވަނީ ދިވެރި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ޖަޕާނުގެ ބޮޑުވަޒީރާ ރައްޔިތުންނަށް ހެޔޮއެދުންތަށް ފޮނުއްވާފައެވެ.ފޮރިން މިނިސްޓަރ ދުންޔާގެ މިދަތުރުފުޅުގައި ޖަޕާން މޯލްޑިވްސް ޕާލިމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރު ޔޫކޯ އޮބޫޗީއާވެސް ވަނީ ބައްދަލުކުރައްވާފައެވެ.