ކުޅިވަރު

ލާޒިއޯ މޮޅުވެ، އިމޮބިލޭ ޔޫރަޕުގެ ރަންބޫޓް ހޯދުމާއި ގާތަށް


އިޓާލިއަން ލީގުގައި ރޭ ލާޒިއޯއިން ބްރެޝިއާގެ މައްޗަށް 0-2 އިން ކުރި ހޯދި މެޗުގައި އިމޮބިލޭ ލަނޑު ޖަހައި ޔޫރަޕުގެ ރަންބޫޓް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ ސަތާރަ ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކޮރެއާއެވެ. އަދި ދެވަނަ ލަނޑު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ، ޗީރޯ އިމޮބިލޭއެވެ.

މި ލަނޑާއެކު އޭނާ ވަނީ ސެރިއާގެ ލަނޑު ލިސްޓުގައި 35 ގޯލާއެކު ކުރި ހޯދާފައެވެ. ލިސްޓުގެ ދެވަނައިގައި 31 ލަނޑު ޖަހައިގެން ޔުވެންޓަސް ކްރިސްޓިއާނޯ ރޮނާލްޑޯ އޮތް އިރު ތިންވަނައިގައި އޮތީ އިންޓަރ މިލާންގެ ލުކާކޫއެވެ. އެނާ ވަނީ 23 ލަނޑު ޖަހާފައެވެ.

ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް އިމޮބިލޭ އެންމެ ގާތުން ވާދަކުރާ ބަޔާން މިއުނިކްގެ ލެވޮންޑެސްކީ ވަނީ މި ސީޒަނުގައި މިހާތަނަށް 34 ލަނޑުޖަހާފައެވެ.

އިމޮބިލޭވަނީ ސެރިއާގައި އެއް ސީޒަނެއްގައ އެންމެ ގިނަ ލަނޑު ޖެހި ކުޅެންތެރިޔާގެ ރެކޯޑް ހެދުމާ ގާތައް ޖެހިލާފައެވެ. 2015 ވަނަ އަހަރު މިރެކޯޑް މުގުރާލީ ނަޕޯލީގެ ޖާޒީގައި އާޖެންޓީނާގެ ގޮންޒާލޯ ހިގުއައިންއެވެ. އެއީ އެސީޒަނުގައި ޖެހި 36 ގޯލާއެކުއެވެ. ރޭގައި ހޯދި މޮޅާއެކު ލާޒިއޯ ވަނީ 37 މެޗުން 78 ޕޮއިންޓް ހަމަކޮށްފައެވެ. ލާޒިއޯ އޮތީ އިޓާލިއަން ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.