ކުޅިވަރު

އިންޓަރ އޮފީސް ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްއެމްއަށް


އިންޓަރ އޮފީސް ކެރަމް މުބާރާތުގެ ޓީމް އިވެންޓް ފިރިހެން
ޑިވިޝަންގެ ޗެމްޕިއަންކަން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހޯދައިފިއެވެ. ޕީއެސްއެމް ޗެމްޕިއަންކަން ހޯދީ
ފައިނަލްގައި އެމްޕީއެލްއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ޓީމް އިވެންޓް އަންހެން ޑިވިޝަންގެ
ޗެމްޕިއަންކަން ހޯދީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ވާދަކޮށް ބީއެމްއެލްއެވެ. މިމުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޕީއެސްއެމްގެ އަބްދުﷲ
ލަބީދުއެވެ. ލަބީދު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެމްއެންޑީއެފްގެ މުހައްމަދު
އަބްދުލް ސަމަދާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން ބީއެމްއެލްގެ
ސަމާހަތާ ވާދަކޮށް ހޯދީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަރިޔަމް ނިޒްނާއެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ 
އެމްޕީއެލްގެ ސާލިމް އަދުނާނާއި އަހްމަދު އަލީމްގެ ޕެއާރއެވެ. އަންހެން
ޑަބަލްސް ޗެމްޕިއަންކަން ހޯދީ ބީއެމްއެލްގެ ފަރުހާނާ އަބްދުލް އަލީމް އަދި
ފާތިމަތު ޔުމްނާގެ ޕެއާރއެވެ.