ކުޅިވަރު

ކެނދިކުޅުދޫ ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގައި ނ. ކެނދި ކުޅުދޫ
ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފިއެވެ. މަނަދޫގައި، މަނަދޫއާ ވާދަކޮށް
ކެނދިކުޅުދޫ މެޗް ކާމިޔާބުކުރީ ތިންލަނޑު އެއްލަނޑުންނެވެ. ގދ އަތޮޅުގައި ގައްދޫއާ
މަޑަވެލި ކުޅުނު މެޗް އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ގައްދޫއެވެ. މިމެޗް ކުޅުނީ
ގައްދޫގައެވެ. މިމުބާރާތުގައި މަޑަވެލި ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗް
ކާމިޔާބުކޮށްފައެވެ. ށ އަތޮޅުގައި ފޯކައިދޫއާ ފުނަދޫ ވާދަކުރިމެޗް ދެލަނޑު އެއްލަނޑުން
ކާމިޔާބުކުރީ ފުނަދޫއެވެ. މިމެޗް ކުޅުނީ ފުނަދޫގައެވެ. ފޯކައިދޫވަނީ އެޓީމް މުބާރާތުގައި
ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައެވެ. މ އަތޮޅުގައި ނާލާފުއްޓާ މުލި ވާދަކުރިމެޗް
ދެލަނޑު އެއްލަނޑުން ކާމިޔާބުކުރީ މުއްޔެވެ. މިމެޗް ކުޅުނީ މުލީގައެވެ. މުލި ވަނީ އެޓީމް
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. މިމުބާރާތުގައި މާދަމާވެސް ހަތަރު
މެޗް ކުޅެން ވަނީ ހަމަޖެހިފައެވެ.