ކުޅިވަރު

އިންޓަރ ޕްރީ ސްކޫލް ފުޓްބޯޅަ މުބާރާތް ދޮންދޫނީ ޕްރީ ސްކޫލަށް


ދިރާގު ފަސްވަނަ އިންޓަރ ޕްރީ ސްކޫލް ފުޓްބޯޅަ މުބާރާތުގެ
ޗެމްޕިއަންކަން ދޮންދޫނީ ޕްރީ ސްކޫލް ހޯދައިފިއެވެ، 

ޕްރީ ސްކޫލްތަކަށް ހުޅުވާލައިގެން
ކުރިއަށްގެންދިޔަ މިމުބާރާތުގެ ޗެންޕިއަންކަން ދޮންދޫނި ޕްރީ ސްކޫލް ހޯދީ ފައިނަލްގައި ގަލޮޅު މަދަރުސާއާ ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މިމުބާރާތުގެ އެންމެ
ގިނަ ޖޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަލޮޅު މަދަރުސާގެ އަބްދުﷲ
މާހިން މުހައްމަދުއެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ އިތުރުން މިމުބާރާތުގައި ވަނީ
މުބާރަތުގައި ބައިވެރިވި ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ފަންސަވީސް
ކުޅުންތެރިން ހޮވާފައެވެ. 

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިމުބާރާތް ބަލާލުމަށް
އާންމުންގެ ގިނަބަޔަކާއި ބެލެނިވެރިން ދިޔައެވެ. ފާއިތުވެދިޔަ ތިން
އަހަރުވެސް މިމުބާރާތް ބާއްވާފައިވަނީ އަހުމަދިއްޔާ ސްކޫލްގެ ފަރާތުންނެވެ.