ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކޮށްފައިވާ
ނިއުކްލިޔަރ އެއްބަސްވުން ތަސްދީޤުކުރުމަށް އެމެރިކާގެ ކޮންގްރެސްއިން ދެކޮޅު
ހަދައިފިނަމަ ބައިނަލްއަޤްވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރިވެގެންދާނެ ކަމަށް
އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ
މަންދޫބު ސަމަންތާ ޕަވަރ ވިދާޅުވެއްޖެއެވެ.
ސަމަންތާ
ވިދާޅުވީ އީރާނާއި ދުނިޔޭގެ ބާރުތަކުން މިއެއްބަސްވުމުގައި ސޮއިކުރުމާއެކު
ނިއުކްލިޔަރ މައްސަލާގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް
އުވާލުމުގެ ޤަރާރެއް އދ.ގެ ސަލާމަތީ
މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައިވާތީ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ
ފިޔަވަޅުތައް ދުނިޔޭގެ އެހެންގައުމުތަކުން އުވާލާނެކަމަށެވެ.
މިފަދަ ހާލަތެއްގައި ދުނިޔެ
އޮތްއިރު އީރާނާދެކޮޅަށް އެމެރިކާ އެކަނި
ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިގެން އެމެރިކާ އެކަހެރިވެ އިގްތިސާދީގޮތުން
އެމެރިކާއަށް ގެއްލުން ލިބުން ފިޔަވައި އެހެންކަމެއްނުވާނެކަމަށް ސަމަންތާ
ވިދާޅުވިއެވެ. އެމެރިކާގެ
ރައީސް ބަރަކް އޮބާމާ ވަނީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ތަސްދީޤުކުރުމަށް
ކޮންގްރެސްއިން ދެކޮޅު ހަދައިފިނަމަ އެކަމާދެކޮޅަށް ވީޓޯގެ ބޭނުން
ކުރައްވާނެކަމުގެ އިންޒާރު ދެއްވާފައެވެ.