ކުޅިވަރު

ރެއާލް މެޑްރިޑާއި ޕީއެސްޖީ އެއް ގްރޫޕެއްގައި




ސްޕެއިންގެ ރެއާލް
މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ ޔޫއެފާ ޗެމްޕިއަންސްލީގުގައި އެއްގްރޫޕެއްގައި
ލައްވާލައިފި. މިދެޓީމް ހިމެނޭ ގްރޫޕްއޭގައި ދެންހިމެނޭ ޓީމްތަކަކީ ޔޫކްރެއިންގެ
ޝަކްތަ ޑޮނެސްކާއި ސްވިޑްންގެ މަލްމޯ އެފްއެފް އެވެ.

ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން
ނިމުނުއިރު މަރުގެ ގްރޫޕްގެ ގޮތުގައި ނަންދޭނެ ވަކި ގްރޫޕެއް ނެތްކަމަށްވެސް
ދުނިޔޭގެ ގިނަ މީޑިއާތަކުން އެއްބަސްވެއެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި ހިމެނެނީ
ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޮވެންއާއި، މެންޗެސްޓަރ
ޔުނައިޓެޑާއި ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯއާއި، ޖަރުމަނުގެ
ވުލްފްސްބާގްއެވެ.

ގްރޫޕް ސީގައި ހިމެނެނީ ޕޯޗްގަލްގެ އެފްސީ ބެންފީކާއާއި، އެތްލެޓިކޯ
މެޑްރިޑާއި ތުރުކީގެ ގަލަތަސަރާއީއާއި، ކަޒަކިސްތާނުގެ އެސްޓާނާއެވެ. ވަރުގަދަވާނެ
ކަމަށް ގިނަބަޔަކު އިއްތިފާޤްވާ އަނެއް ގްރޫޕަކީ ގްރޫޕްޑީއެވެ.

ގްރޫޕް ޑީގައި ހިމެނުނީ
އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއި، މެންޗެސްޓަރ ސިޓީއާއި، ސެވިއްޔާ އަދި
ޖަރުމަނުގެ ބޮރޫޝިޔާ މޮންޚެންގްލެޚްބާއެވެ. ގްރޫޕް އީގައި ހިމެނެނީ އެންމެފަހުގެ
ޗެމްޕިއަން ބާސެލޯނާއާއި، ޖަރުމަނުގެ ބަޔާ ލެވަކޫޒަންއާއި، އިޓަލީގެ ރޯމާ އަދި
ބެލަރޫސްގެ ބޭތް ބޮރިސޯވް އެވެ.

ގްރޫޕް އެފްގައި ހިމެނުނީ ބަޔާން މިޔުނިކާއި
އާސެނަލްއާއި އޮލިމްޕިއާކޯސް އަދި ޑައިނަމޯ ޒެގްރެބްއެވެ. ގްރޫޕް ޖީގައި ހިމެނުނީ
އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއާއި، އެފްސީ
ޕޯރތޯއާއި، ޔޫކްރެއިންގެ ޑައިނަމޯ ކިއޭވްއާއި އިޒްރޭލް މެކަބީ ތެލް އަވީވް އެވެ.

ގްރޫޕް
އެޗްގައި ހިމެނެނީ ރަޝިޔާގެ ޒެނިތް ސެއިންޓް ޕީޓަސްބާގާއި، ސްޕެއިންގެ ވެލެންސިޔާއާއި،
ލިޔޯންއާއި ބެލްޖިއަމްގެ ގެންޓް އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން
ކުރިޔަށްދިޔައީ މޮނާކޯގައެވެ. ޔޫރަޕްގެ އެންމެ ޝަރަފްވެރި އެއްމުބާރާތް ކަމަށްވާ
ޗެމްޕިއަންސް ލީގުގެ މެޗްތަށް ފަށާނީ އަންނަ މަހުގެ 15ވަނަ ދުވަހު އެވެ.