ވިޔަފާރި

ބަންދުތެރޭގައި މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރުތަކުން މަސް ގަންނަ ދުވަސް


މިނިވަން ދުވަހާއި މިއަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތާއި ގުޅިގެން އަންނަ ބަންދުދުވަސްތަކުގައި މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސް ނުގަންނަ ދުވަސްތައް އާއްމުކޮށްފިއެވެ.

މިފްކޯއިން ބުނީ ބަންދާ ގުޅިގެން މިއަދުގެ އިތުރުން، އަންނަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރުދުވަހު މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރުތަކުން މަސް ނުގަންނާނެ ކަމަށެވެ. އަދި އަންނަ ބުރާސްފަތިދުވަހާއި ހުކުރު ދުވަހު ކޫއްޑޫއާއި އެހެނިހެން އައިސް ޕްލާންޓުތަކުން އައިސް ނުވިއްކާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހުން ފެށިގެން އައިސް ޕްލާންޓްތަކުން އައިސް ވިއްކަމުންދާނެކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.

މިފްކޯއިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓުތައް ޤާއިމްކޮށް ޙިދުމަތް ދެމުންނެވެ. އަދި މަސްވެރިނަށް މަސްވިއްކުމުގައި ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް މިފްކޯގެ ސެންޓަރުތަކުގެ އިތުރުން މިފްކޯގެ މަސް ބޯޓުފަހަރުތައްވެސް މަސްގަތުމުގައި ހަރަކާތެރިވެއެވެ.