ޚަބަރު

އުރީދޫ މޯލްޑިވްސްއިން އައިފޯން އެސްއީ ރާއްޖޭގައި ވިއްކަން ފަށައިފި


އެޕަލްގެ އައިފޯން އެސް.އީ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ވިއްކަން ފަށައިފިއެވެ.

އައިފޯން އެސްއީ ފޯނަކީ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ފޯނެކެވެ. މި ފޯނު ފަރުމާ ކޮށްފައިވަނީ ސްމާޓް ފޯނުތަކުގައި ބޭނުން ކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުން ކޮށްގެނެވެ. މިފޯނަކީ އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކޮށްފައިވާ ފޯނުވެސްމެއެވެ. އުރީދޫ މޯލްޑިވްސްއިން އައިފޯން އެސްއީ ވިއްކަނީ

•128 ޖީބީ 9،999 ރުފިޔާއަށް
•256 ޖީބީ 11،499 ރުފިޔާއަށް

އުރީދޫގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަޤްވާމީ މާކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ އަވަހަށް ގަތުމަށް އަބަދުވެސް ޝައުގުވެރިވާ ބައެއް ކަމަށެވެ. އެހެންކަމުން، އުރީދޫ ކަސްޓަމަރުންނަށް އައިފޯން އެސްއީ ފަސޭހަކަމާއެކު ގަތުމުގެ މަގު ފަހިކޮށްދިނުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނީ އައިފޯން އެސްއީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް އެ ކުންފުނީގެ ޑެލިވަރީ ޕްލެޓްފޯމް މޫލީން މުޅިން ހިލޭ ގެންގޮސްދޭނެކަމަށެވެ.

ރޮބަޓް

ފޯނާއި ގުޅުންހުރި އެހެނިހެން އެކްސެސަރީސް ލިބެންހުންނާނެތޯ؟ މިސާލަކަށް މީގެ ކަވަރު ކަހަލަ؟