ސިއްހަތު

އޮކިއުޕޭޝަން ތެރަޕީގެ ހިދުމަތް އައި.ޖީ.އެމް.އެޗުން


ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އެހީތެރިކަމާއިއެކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ އޮކިއުޕޭޝަނަލް ތެރަޕީ ދެވޭނެ އިންތިޒާމް އައި.ޖީ.އެމް.އެޗް ގައި ހަމަޖައްސައިފިއެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ އިން ބުނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އަދަދު ދުވަހަކުން ދުވަހެއް އިތުރުވަމުން ދާކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުން ރާއްޖެގެނައުމުގެ މަސައްކަތުގެ ދަށުން މިހާރު އޮކިއުޕޭޝަނަލް ތެރަޕިސްޓެއްގެ ހިދުމަތް އައިޖީއެމްއެޗުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ އިތުރު ތިން ތެރަޕިސްޓުން ރާއްޖެގެނެސް އައި.ޖީ.އެމް.އެޗް ގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުން މިހިދުމަތް ދިނުމަށް ހަމަޖެހިފައި ވާކަމަށް އެންސްޕާއިން މަޢުލޫމާތުދެއެވެ.