ކުޅިވަރު

200 މީޓަރ ދުވުމުގެ ރަން މެޑަލްވެސް ބޯލްޓަށް




ވަރލްޑް އެތްލެޓިކްސް
ޗެމްޕިއަންޝިޕްގެ 200 މީޓަރ ދުވުމުގެ ރަންމެޑަލްވެސް ޖެމެއިކާގެ އުސެއިން
ބޯލްޓް ހޯދައިފި. ބެއިޖިންގައި ކުރިއަށްދިޔަ 200 މީޓަރ ދުވުން ބޯލްޓް
ކަމިޔާބުކުރީ 19.55 ސިކުންތުން ރޭަސް ނިންމައިގެންނެވެ.

ދެވަނައަށް ދިޔަ
އެމެރިކާގެ ޖަސްޓިން ގެޓްލިން ރޭސް ނިންމީ 19.74
ސިކުންތުންނެވެ. މިއީ ވަރލްޑް ޗެމްޕިއަންޝިޕްގައި ބޯލްޓް 200 މީޓަރ ދުވުމުގެ
ރަން މެޑަލް ހޯދި ހަތަރު ވަނަ ފަހަރެވެ. އަދި މިއާއެކު ވަރލްޑް ޗެމްޕިއަންޝިޕްގައި
ބޯލްޓް ހޯދި ރަންމެޑަލްގެ އަދަދުވަނީ ދިހައަކަށް އަރާފައެވެ.

މިފަހަރުގެ 100 މީޓަރު
ދުވުމާ 200 މީޓަރ ދުވުމުގެ ރަންމެޑަލް ހޯދި ބޯލްޓަށް މި ޗެމްޕިއަންޝިޕްގައި
ތިންވަނަ ރަންމެޑަލްއެއް ހޯދުމުގެ ފުރުސަތުވެސް އެބައޮތެވެ. އަންނަ ހޮނިހިރު ދުވަހު
ޗެމެއިކާ ހަތަރެއް ގުނަ ސަތޭކަ މީޓަރ ރިލޭގައިވެސް ބޯލްޓް ވަނީ ދުވަން ނިންމާފައެވެ.

އުސެއިން ބޯލްޓަކީ ސަތޭކަ މީޓަރާ ދުއިސައްތަ މީޓަރ ދުވުމުގެ ދުނިޔޭގެ ރެކޯޑް
އޮންނަ އެތްލީޓެވެ. 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހިސާބަށް ބޯލްޓް
ވަނީ އޭނާ ވާދަކުރި ސަތޭކަ މީޓަރާ ދުއިސައްތަ މީޓަރ ދުވުންތައް ކާމިޔާބުކޮށް ރަން
މެޑަލް ހޯދާފައެވެ.