ވިޔަފާރި

ގުރޫޕެއްގައި ޑޭޓާޝެއާކުރެވޭ ޚިދުމަތެއް އުރީދޫން ތައާރަފްކޮށްފި


އުރީދޫގެ މޮބައިލް ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް
އެއްފަރާތަކަށްވުރެ ގިނަ ފަރާތަށް ޑޭޓާ ޝެއާ ކުރެވޭ ޚިދުމަތެއް އުރީދޫން
ތަޢާރަފްކޮށްފިއެވެ.



ޝުކުރިއްޔާ ދިވެހިރާއްޖެ ކެންޕެއިންގެ ދަށުން "އުރީދޫ
ޑޭޓާ ޝޭއާ"ގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވުނު މި
ޚިދުމަތަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެންމެ ޑޭޓާ ޕެކެއް ކުޑަގުރޫޕެއްގެ
ތެރޭގައި ޝެއާރކޮށްގެން ބޭނުންކުރެވޭނެ ޚިދުމަތެއްކަމަށް އުރީދޫން މައުލޫމާތުދެއެވެ.
މިގޮތުން ކަސްޓަމަރުންނަށް އެއްޖީބީން ފެށިގެން ނުވަދިހަ ނުވަޖީބީއާ ދެމެދުގެ
ބޭނުން އަދަދެއް އެހެންމީހަކާއެކު ޝެއާރ ކޮށްގެން ބޭނުންކުރެވިދާނެކަމަށް  އުރީދުން މައުލޫމާތުދެއެވެ. މި ޚިދުމަތާބެހޭ
ގޮތުން މައުލޫމާތުދެއްވަމުން އުރީދޫގެ ސީނިޔާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަން،
ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މި ޚިދުމަތަކީ ކުޑަ އާއިލާއެއްގެ ތެރޭގައި ބޭނުންކުރުމަށް
ނުވަތަ އެކަކު ގެންގުޅޭ އެކި ޑަވައިސްތަކުގެ މެދުގައި ޑޭޓާ މެނޭޖްކޮށްގެން
ބޭނުންކުރުމަށް ވަރަށް އެކަށޭނަ ޚިދުމަތެއްކަމަށެވެ.



މި ޕްރެސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން އުރީދޫގެ
ސީއީއޯ ވިކްރަމް ސިންގ ވިދާޅުވީ އުރީދޫ ޑޭޓާ ޝޭއާ ޚިދުމަތަކީ ކަސްޓަމަރުން
މޮބައިލް ޑޭޓާ ބޭނުންކުރާގޮތް މުޅިން ބަދަލުކޮށްލާނެ ޚިދުމަތެއްކަމަށެވެ. އުރީދޫ
ޑޭޓާ ޝެއާގެ ޚިދުމަތަށް ސަބްސްކްރައިބް ކުރުމަށް އުރީދޫ ކަސްޓަމަރުން
"699" ނުވަތަ "1299" ޖެއްސެވުމަށްފަހު 5566 އަށް
އެސްއެމްކުރުމުން މިޚިދުމަތްލިބޭކަމަށް އުރީދޫން މައުލޫމާތުދެއެވެ.