ޚަބަރު

ރާއްޖޭގެ ކޯޓެއްގެ ފުރަތަމަ ވެރިފައިޑް ޓްވިޓަރ އެކައުންޓަކަށް ހައިކޯޓުގެ ޓްވިޓަރ އެކައުންޓު


ހައިކޯޓް- ފައިލް ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ހައިކޯޓްގެ ޓްވިޓަރ އެކައުންޓް ޓްވިޓަރ ނެޓްވޯކުން ވެރިފައިކޮށްފިއެވެ.

ހައިކޯޓްގެ ޓްވިޓަރ އެކައުންޓް ވެރިފައިކޮށްފައިވަނީ މިއަދެވެ. ހައިކޯޓް ޓްވިޓަރ އެކައުންޓް ހުޅުވާފައިވަނީ 2015ވަނަ އަހަރުއެވެ. މިއީ ރާއްޖޭގެ ޝަރުޢީ ކޯޓެއްގެ ޓްވިޓަރ އެކައުންޓް ވެރިފައިކުރި ފުރަތަމަފަހަރެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ އިތުބާރު ޝަރުޢީ ނިޒާމަށް ހޯދުމަށްޓަކައި ފަހަކަށް އައިސް ޝަރުޢީ ދާއިރާއިން ވަނީ ގިނަ މަސައްކަތްތަކެއްކުރަން ފަށާފައެވެ.

ފަސޭހައިން އަދުލް އިންސާފަށް ވާސިލުވުމަށް ރައްޔިތުންނަށް ފަސޭހަކުރުމާއި، ހުޅުވާލައިގެން ޝަރިޢަތްތައް މިހާރު ވަނީ ފަށަފައެވެ. އެގޮތުން ލައިވްކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުމާއި، ކޯޓްތަކުގެ ވެބްސައިޓުން ޝަރީޢަތްތަކާއި ބެހޭ ގިނަ މަޢޫލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.