ވިޔަފާރި

ގެސްޓްހައުސްތަކުގެ ކަރަންޓުބިލާއި ފެންބިލު ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި


ގެސްޓްހައުސްތަކަށް ކަރަންޓުބިލާއި ފެންބިލް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، ކޯވިޑް19އާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އަލުން ހުޅުވައި ޙިދުމަތްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. ޙާއްސަކޮށް ގިނަ މަސްތަކެއްގެ ކަރަންޓުބިލާއި ފެންބިލް ނުދެއްކި ހުރުމުގެ ސަބަބުން އަލުން ފަށައި ޙިދުމަތްދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނެއެވެ.

ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނީ މިދިޔަ ޑިސެމްބަރުުުުުމަހުން ފެށިގެން މިއަހަރުގެ ޖުލައިމަހާއި ހަމައަށް ނުދެއްކިހުރި ބިލްތައް މިއަހަރުގެ ނޮވެމްބަރުމަހުން ފެށިގެން 6 މަސްދުވަހަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. މިއީ ޓޫރިޒަމް މިނިސްޓްރީއާއި، ސްޓެލްކޯ، ފެނަކަ، އަދި އެމްޑަބްލިއުއެސްއީގެ އެހީތެރިކަމާއިއެކު ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށް ގެސްޓް ހައުސް އެސޯސިއޭޝަނުން ބުނެއެވެ.