ޚަބަރު

ބޯކޮށް ވާރޭ ވެހި ކުޅުދުއްފުށީގެ ބައެއް ގޭގެއަށް ގެއްލުންވެއްޖެ


މިހާރު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރައިގައި، ކުޅުދުއްފުށީ ސިޓީއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެއެވެ.

ކުޅުދުއްފުށީގައި ބޮޑުވެފައިވާ ފެންގަނޑުހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް އާއި އާންމު ރައްޔިތުން ގުޅިގެން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފް ވިދާޅުވީ، ކުޅުދުއްފުށީގެބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެން ވަންނަމުންދާތީވެ، ޕަމްޕްޖަހައިގެން ފެން ހިއްކުމުގެ އިތުރުން، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކުޅުއްދުއްފުށީ ކައުންސިލުގެ ރައީސް ޢަބުދުއް ލަޠީފު ހަސަން ވިދާޅުވީ ރަށުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމާއި ގުޅިގެން، ޣޭގެއަށް ފެންވަންނަމުން
ދާތީވެ، ސިފައިންނާއި އެކު ފެން ހިންދުމަށްޓަކައި ރަށުގެ ފުލުހުންނާއި ރެޑް ކްރެސެންޓް ގެ އިތުރުން އާންމު ފަރާތްތަކުންވެސް ހަރަކާތްތެރި ވަމުންދާކަމަށެވެ.

ފެންބަޮޑުވުމުގެ ސަބަބުން އެއްގެއިން މީހުން ބަދަލުކޮށްފައި ވާއިރު، އެހެން ގޭގެއަށް ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތުވެސް އެއްކުރަމުން ދާކަމުގައި ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއެވެ.

މޫސުން ގޯސްވުމާއެކު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ޔެލޯ އެލާޓް ނެރެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން އުތުރުގެ އަތޮޅުތަކަށްވެސް ޔެލޯ އެލާޓް އެލާޓްނެރެފަވާއިރު ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ދެމެދުގެ ސަރަހައްދުގެ ރަށްތަކަށް، ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.