ކުޅިވަރު

ލިވަޕޫލުން އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި އުފުލާލައިފި



ޗެލްސީ ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއަރ ލީގުގެ ތަށި އުފުލާލައިފިއެވެ.

30 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޕްރިމިއަރ ލީގުގެ ތަށި ލިވަޕޫލުން އުފުލާލީ އެންފީލްޑްގައި ރޭ ކުޅުނު މެޗު 3-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިއީ އިނގިރޭސި ޕްރިމިއަރ ލީގު ލިވަޕޫލުން ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކުރީ ލީގުގައި ބާކީ 7 މެޗު ކުރިޔަށްއޮތްވައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލުން ވަނީ ޗެލްސީ ކޮޅަށް 3 ލަނޑު ޖަހާފައެވެ. އެގޮތުން ފުރަތަމަ ހާފްގައި ލިވަޕޫލުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ނަބީ ކެއިޓާ، އަލެކްސަންޑަ އާނޯލްޑް އަދި ވައިނަލްޑަމެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮލިވިއޭ ޖިރޫޑް ވަނީ ޗެލްސީއަށް ލަނޑެއް ޖަހައިދީފައެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 55 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.
ލިވަޕޫލުން ހަތަރު ވަނަ ލަނޑު ޖެހިފަހުން ޗެލްސީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އިތުރު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 3-4 އަކަށް ބަދަލުކޮށްލާފައެވެ. މި ދެ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ، ޓެމީ އަބްރަހަމް އާއީ ޕުލިސިޗެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ޖެހި ގޯލާ އެކު ލިވަޕޫލުން ވަނީ ހަމަޖެހިލާފައެވެ.

މިއީ 1990 ވަނަ އަހަރުފަހުން ލީގު ލިވަޕޫލުން އުފާލާލި ފުރަތަމަ ފަހަރެވެ. 3-5 ގެ ނަތީޖާއަކުން ޗެލްސީ ބަލިވުމާއެކު އެޓީމު ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ހަތަރު ވަނައަށް ވެއްޓިފައެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 37 މެޗު ކުޅުގެން ލިބުނު 63 ޕޮއިންޓާއެކުގައެވެ. އަދި ހަމަ އެއަދަދަށް ޕޮއިންޓް ލިބިގެން ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.