ޚަބަރު

ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް މޫސުން ގޯސްވެ ވައިޓް އެލަރޓް ނެރެފި


ރާއްޖޭގެ އެންމެ އުތުރާއި ދެކުނަށް މޫސުން ގޯސްވެ ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އެންމެ އުތުރުން ހއ އަތޮޅުން ފެށިގެން ރ އަތޮޅާއި އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލަރަޓް ނެރެފައެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނުން ގއ އިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށްވެސް މިއަދު މެންދުރު 12:00 އިން ފެށިގެން ހަވީރު 16:00އަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އެއަތޮޅުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރެވޭހި ގުގުރާނެކަމަށް ލަފާކޮށްފައެވެ

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ކުރި ޓުވީޓު --

މެޓް އޮފީހުން ވަނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހޭއިރު އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ލަފާކޮށްފައި ވާއިރު އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު މިކުރަނީ ހުޅަނގު މޫސުންކަމަށާއި، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.