ޚަބަރު

އެއްގަމު އުޅަނދުފަހަރުގެ ލައިންސަންސް ނެގުމުގެ ޚިދުމަތް އަލުން ދޭންފަށައިފި


ކޯވިޑް-19އާ ގުޅިގެން އެއްގަމު އުޅަނދުފަހަރުގެ ލައިންސަންސް ނެގުމުގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވީ އަލަށް ލައިސަންސް ނަގާ ފަރާތްތަކުން ހަދަންޖެހޭ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓްވެސް މިހާރު ހަދަންފަށާފައިވާކަމަށެވެ.

ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކުން ތިއަރީ އަދި ޢަމަލީ އިމްތިޙާންގައި ބައިވެރިވުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އޮންލައިން ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށް ހުށައެޅޭނެއެވެ.

ކޯވިޑް19އާއި ގުޅިގެން ލައިސަންސް ނެގުމުގެ ޚިދުމަތް މެދުކަނޑާލީ، އެއްވެއުޅުން ރައްކާތެރިނުވުމަށް އަންގާފައިވާތީއާއި މުވައްޒަފުންނާއި ޢައްމުންގެ ރައްކާތެރިކަމަށް ބަލައިގެންނެވެ.