ޚަބަރު

ކޯވިޑް-19 : މިއަދު އެކަނިވެސް 44 ދިވެހިން ޕޮޒިޓިވް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 59 މީހުންގެ ތެރޭގައި 44 ދިވެހިން ހިމެނިއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 14 މީހެއްގެ އިތުރުން އިންޑިއާ މީހެއްކަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 3103 މީހުންނަށްވަނީ އިތުރުވެފައެވެ.

ބަލިޖެހިގެން ފަރުވާދޭ މީހުންގެ އަދަދު ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދިއުމާއެކު މިހާރުވަނީ 676އަށް އިތުރުވެފައެެވެ. އަދި މިއަދު އެއްވެސް މީހަކު ކޯވިޑް-19އިން ރަނގަޅުވެފައި ނުވެއެވެ. މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމަލް ޢަދަދަކީ 2397އެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދުވެސް ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި 246 ކޮންޓެކްޓުން ފާހަގަކުރެވުނުކަމަށާއި، ވޭތުވެދިޔަ ހަފްތާގައި ކޮންޓެކްޓުންގެ ގޮތުގައި 1026 މީހުން ރަޖިސްޓްރީކުރެވުނުކަމަށެވެ.

ރާއްޖޭގައި ބަލި ހުރިތޯބެލުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދު މިހާރުމިވަނީ 69370އަށް އިތުރުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ނަގާފައިވަނީ 674 ސާމްޕަލެވެ.

ޕްލޯޒް

674 ސާމަޕަލް ގެ ތެރެއިން 59 ޕޮޒިޓިވް ވުމަކީ ވަރަށް ނުރައްކާ ހާލަރެއް. ސްކޫލު ތަކަށް ފަހުންވެސް ދުނިޔޭގައި ތިބިއްޔާ ދެވިދާނެ އެކަމު ގެއްލޭ ފުރާނަޔެއް އަނބުރާ ނުގެނެވޭނެ. ޕްލީސް ވިސްނާ ލައްވާ