ޚަބަރު

ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކާއެކު 2 މީހަކު ހައްޔަރުކޮށްފި


ހުޅުމާލެ ފަރުތެރޭގައި އޮތް ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ އެތެރެކުރަން އުޅުނު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ވިދާޅުވީ، ހުލުމާލެ ފަޅުގައި ބަނދަރުކޮށްފައި އޮތް ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ ގެންނަކަމަށް ހުލުމާލެ ޕޮލިހަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެއީ ދިވެހި 2 ފިރިހެނުންނެވެ.

ބަނގުރާ ފެނިފައިވަނީ ހުޅުމާލޭގައި ކާރެއް ބަލާ ފާސްކުރިއިރު އެކާރުގެ ޑިކީތެރެއިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މިމައްސަލަ އިތުރަށް ތަޙްގީގްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.