ވިޔަފާރި

މިނިމަމް ރިޒާވް %10އަށް ދަށްކުރުމުން އިޤްތިސާދު ކުރިއަރާނެ


ރާއްޖޭގެ މަރުކަޒީބޭންކް އެމްއެމްއޭގައި ބަހައްޓަމުންދާ މިނިމަމް ރިޒާވް ދާދިފަހުން %10 އަށް ދަށްކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމެއްކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މިނިމަން ރިޒާވް ދަށްކުރުމަކީ ރާއްޖޭގެ ކޮމާޝަލްބޭންކްތަކާ ކުންފުނިތަކަށް ދޭނެ ފައިސާއިތުރުވެ އިޤްތިޞާދުކުރިއެރުމަށް މަގުފަހިވާނެކަމެއްކަމަށެވެ."އޭގެ މާނައަކީ ރާއްޖޭގެ ކޮމާޝަލް ބޭންކްތަކަށް ކޮމާޝަލް ކުންފުނިތަކަށް ދޭނެ ފައިސާ އިތުރުވެގެންދިޔަކަން، ނުވަތަ ލިކުއިޑްވެގެންދިޔަކަން، އޭގެ މާނައަކަށްވާނީ ރާއްޖޭގެ އިންޓަރެސްޓް ރޭޓް ކުރިޔަށްވުރެ އެތައްގުނައެއް ދަށްވިކަން... އިންޓަރެސްޓްދަށްވީމާ އިޤްތިޞާދީ ކުރިއެރުން އަންނަކަން އެއީ ބައިނަލްއަޤްވާމީ ތަރައްޤީވެފައިހުރި ޤައުމުތަކުގެ ޢިލްމީ ދިރާސާކުރާ ރިސާޗަރުން އަދި މުޅި ދުނިޔެ ބަލައިގަނެފައިވާކަމެއް" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.ބޭންކުތަކުން މިނިމަމްް ރިޒާވްގެ ގޮތުގައި މަރުކަޒީ ބޭންކު އެމްއެމްއޭގައި ބަހައްޓަންޖެހޭ މިންވަރު ދިހަ އިންސައްތައަށް ދަށްކޮށްކުރެއްވިކަން ދާދިފަހުން ބޭއްވި ހަފްލާއެއްގައި ނައިބު ރައީސް ވަނީ އިއުލާންކުރައްވާފައެވެ. މީގެ ކުރިން ބެންކުތަކުން އެމްއެމްއޭގައި ރިޒާވްގެ ގޮތުގައި ބަހައްޓަންޖެހެނީ ވިހި އިންސައްތައެވެ. އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ބޭންކުތަކުގެ ރިޒާވް ދަށްކުރުން ކަމަށާއި، ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެމަތިން އެންމެ ފުރަތަމަވެސް %25 ން  %20 އަށް މިނިމަމް ރިޒާވް ދައްކުރެއްވިކަމަށެވެ.