ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ އިމާރާތަކުން ވެއްޓި ބަންގްލަދޭޝް މީހަކު މަރުވެއްޖެ


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ އިމާރާތަކުން ވެއްޓި ބަންގްލަދޭޝް މީހަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމްޕީއެލްއިން ހަދަމުންދާ އިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން މިއަދު މެންދުރު ވަގުތެއްގައި ވެއްޓުނު ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެން މީހާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށްކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މެދުރު 1:45 އެހާއިރު ކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.