ޚަބަރު

ކޮމްޕިއުޓަރ ކޯހުގައި ބައިވެރިވި ގައިދީނަށް ސެޓްފިކެޓް ދީފި


މާފުށީ ޖަލުގެ ގައިދީންނަށް އަމާޒްކޮށްގެން ހިންގި ސެޓްފިކެޓް ވަން އިން ކޮމްޕިއުޓަރ އެޕްލިކޭޝަން ކޯސްނިންމި ބައިވެރިނަށް ސެޓްފިކެޓް ދީފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީސްޒްއާއި ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލިޖީ އެންޑް މެނޭޖްމަންޓް ގުޅިގެން ގެންދިޔަ މި ކޯހުގައި 120 ގައިދީން ބައިވެރިވެ 99 ގައިދީއަކު ކޯސް ފުރިހަމަކޮށްފައިވެއެވެ.މިކަމައްޓަކައި މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން ފިނޭންސް މިނިސްޓަރުގެ ނައިބު އަބްދުލް ހަމީދު އަބްދުލް ގަފޫރު ވިދާޅުވީ، ޖަލުތައް ހިންގަވާ ފަރާތްތަކުން ކުރާ މިފަދަ ކަންކަމަށް އެއްބާރުލުންދީ ކިޔަމަންތެރިކަމާއެކު، މިފަދަ ޕްރޮގްރާމްތައް ފުރިހަމަ ކުރުމަކީ ގިނަ ގޮތްގޮތުން ގައިދީންނަށް ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި ކޯސްތަކުން ލިބޭ އިލްމާއެކު ހުކުމް ތަންފީޒުކޮށް ނިމުމުން އޭގެ ފައިދާ ހެޔޮގޮތުގައި ހިފައި ކުށްކުށަށް އަރައިގަންނަ މީހަކަށް އެއްވެސް ގައިދީއަކު ވެގެން ނުވާނެކަމަށެވެ.މިރަސްމިތާތުގައި ވާހަކަފުޅުދައްކަވަމުން ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލިޖީ އެންޑް މެނޭޖްމަންޓް ޑީން މުހައްމަދު އަދް ނާން ވިދާޅުވީ، މިހާރު ގައިދީންނަށް ކުރިއަށް ގެންދާ ކޯސްތަށް އިތުރަށް ފުޅާކޮށް ކުރިއަށް އޮތްތަނުގައި ޑިޕްލޮމާ ފެންވަރުގެ ކޯސްތަށް  އެއްވެސް އަގަކާ ނުލައި ފެށުމަށް ނިންމާފައިވާކަމަށެވެ.ކޮންމެ ގައިދީއަކުވެސް މުޖުތަމައަށް ނުކުންނައިރު، އެފަރާތްތަކަކީ އާންމުން ބަލައިގަންނަ ބަޔަކަށް ހެދުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، މީހާރުވެސް ލިޔެލާޖެހުމާއި، ގާރީކޯހުގެ އެކި ލެވަލްތަކުގެ ކޯސްތައް ހިންގަމުންދާކަމަށް ކަރެކްޝަނަލް ސަރވިސުން މައުލޫމާތުދެއެވެ.