ޚަބަރު

ދަލެއްގައި ތާށިވި ބޮޑުމަހެއް ސަލާމަތްކުރުމުގެ މަސައްކަތުގައި ދެދުވަސް


ބޮޑު ދަލެއްގައި ތާށިވެފައި އޮތް ސްޕާމް ވޭލެއް ސަލާމަތްކުރުމުގެ މަސައްކަތް އިޓަލީ ކޯސްޓްގާދުން ކުރާތާ ދެ ދުވަސްވެއްޖެއެވެ.

ދަލެއް އޮޅި އޭގައި ތާށިވެފައި އޮތް މި މަސް ފެނިފައިވަނީ ސިސީލިއަން އައިއޯލިން އައިލެންޑް ކައިރިންނެވެ. މި މަސް އިޓަލީގެ ކޯސްޓް ގާޑަށް ފެނި އެ މަސް ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި މަސް ތާށިވެފައިވަނީ އެ ސަރަހައްދުގައި ޤަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބަޔަކު އެއްލާފައިވާ ދަލެއްގައެވެ.

މި މަސައްކަތުގައި އުޅޭ މީހުން ބުނީ މަހުގެ ސައިޒް ބޮޑުކަމުން މި މަސް ސަލާމަތްކުރުމުގައި ގޮންޖެހުތަކެއް ކުރިމަތިވެފައިވާކަމަށެވެ. ބައެއް ޑައިވަރުން ހުއްޓާނުލާ މަސައްކަތް ކުރާތާ 36 ގަޑިއިރަށްވުރެ ގިނަ އިރުވަނީވެފައެވެ. އަދި ދަލުގެ ބައެއް ނެއްޓުމުން މަސް ދުއްވައިގަންނަ މަސައްކަތް ކުރަމުންދާތީ މި މަސައްކަތުގައި އުޅޭ މީހުންނަށް އެކަމުގެ ނުރައްކާ ބޮޑުވެފައިވާކަމަށްވެސް އިޓަލީ ކޯސްޓްގާޑުން ބުނެއެވެ.

މި ސަރަހައްދުން ދަލެއްގައި ތާށިވެފައި އޮތް ބޮޑުމަހެއް މި މަހުގެ ހަތްވަނަ ދުވަހުވެސް ވަނީ ސަލާމަތްކޮށްފައެވެ.