ޚަބަރު

އަންހެނުންނަށް ޚާއްސަ ފައިވާން ފިހާރައެއް މާލޭގައި ހުޅުވައިފި


"ފެރާޖް"ގެ ނަމުގައި އަންހެންނަށް ޚާއްސަކޮށްގެން ފައިވާން ވިއްކާ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފިއެވެ. ޗާންދަނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރަ ކައިރީގައި ހުޅުވުނު މި ފިހާރައިން ވިއްކާ ފައިވާންތަކަކީ އެކްސްކްލޫސިވް ބްރޭންޑެއް ނުވަތަ އަމިއްލަ ޑިޒައިންތަކެއް ކަމަށް މި ފިހާރަ ހިންގާ ކުންފުނިކަމަށްވާ ފްރީގާއިޒް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދެއެވެ. އަދި މި ފިހާރައިން ވިއްކަން ހުންނަ ފައިވާންތަކަކީ އެކުންފުނީގެ އަމިއްލަ ޑިޒައިންތަކަށް ބޭރުން ތައްޔާރުކޮށްގެން ގެނެސްފައިވާ ފައިވާތަކެއްކަމަށްވެސް އެފަރާތުން ބުނެއެވެ. އެގޮތުން މި ފިހާރައިން އޮފީސް ފައިވާނާއި، ޕާޓީތަކަށާއި ކައިވެނި ހަފްލާތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފައިވާން ލިބެން ހުންނާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.