ޚަބަރު

ސުލައިމާނީ އަވަހާރަކޮށްލިފަހުން ފުރަތަމަ ފަހަރަށް އީރާނުގެ ޚާރިޖީ ވަޒީރު ޢިރާޤަށް


އީރާނުގެ އިސް އަސްކަރީވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ޢިރާޤަށް ދިން ވައިގެ ޙަމަލާގެ ފަހުން ފުރަތަމަ ފަހަރަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފު ޢިރާޤަށް ޒިޔާރަތްކުރައްވައިފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޒާރިފް ޢިރާޤަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރާއި ޤާނޫނުހަދާ މަޖިލީހުގެ ރައީސާވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި ސަރަޙައްދީ ރައްކާތެރިކަމާއި ދެ ޤައުމުގެ ދޭތެރޭ އޮންނަ ޚާރިޖީ ގުޅުމުގެ އިތުރުން ވިޔަފާރިއާބެހޭ މަޝްވަރާތައްވަނީ ކުރައްވާފައެވެ.

ޢިރާޤުގެ ވެރިރަށް ބަޣުދާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒާރިފު ވިދާޅުވީ ޢިރާޤުގެ ހަމަޖެހުމަކަމަކީ ސަރަޙައްދީ އަމާންކަމާއި ދެ ޤައުމުގެ މަސްލަހަތަށްވެސް މުހިންމުކަމެއްކަމަށެވެ. ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ކުރުމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ސަރަޙައްދީ ހުރިހާ ޤައުމަކާއެކު ހަމަހަމަ ގުޅުމެއް ބާއްވަން ޢިރާޤުން ބޭނުންވާކަމަށެވެ.

ސުލައިމާނީ އަވަހާރަކޮށްލި ސަރަޙައްދަށް ޒިޔާރަތްކުރައްވާ ޒާރިފު ވިދާޅުވީ ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ދިން ޙަމަލާއަކީ ބޮޑު ޖަރީމާއެއްކަމަށެވެ. އަދި ސުލައިމާނީ އަވަހާރަކޮށްލުމަކީ ލިބުނު ބޮޑު ގެއްލުމެއްކަމަށާއި ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތަކަށް ހިޔަނި އެޅުނު ޢަމަލެއްކަމަށެވެ.