ވިޔަފާރި

ސަމަލުވޭ! ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން މެއިލްކުރަނީ


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް މެއިލްކުރަމުންދާތީ އެކަމަށް ސަމާލުވާން އަންގައިފިއެވެ.

ބީއެމްއެލްއިން ބުނީ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން ކަސްޓަމަރުންގެ އެކައުންޓް ޔަޤީންކުރުމަށާއި، އިންޓަނެޓް ބޭންކިންގެ މައުލޫމާތު ހޯދުމަށް ބަޔަކު އޮޅުވާލައިގެން ކަސްޓަމަރުންނަށް މެއިލްކުރަމުންދާކަމަށެވެ. ނަމަވެސް ކަސްޓަމަރުންގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން ބީއެމްއެލްއިން ނުހޯދާނެކަމަށް އެ ބޭންކުން ބުނެއެވެ. އެހެންކަމުން އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން މިގޮތަށް މައުލޫމާތު ހޯދަން އެދިއްޖެނަމަ އެކަމަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ. އަދި \މިފަދަ މެއިލް ފޮނުވާ ފަރާތްތައް ބްލޮކްކުރުމަށް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ.

ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާތީ މިފަދަ ފަރާތްތަކާއިމެދު ސަމާލުވުމަށް އެ ބޭންކުން އަބަދުވެސް އަންނަނީ ކަސްޓަމަރުންނަށް އިލްތިމާސްކުރަމުންނެވެ.

އިއްބެ

އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަންވީނު!!!!!