ވިޔަފާރި

ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީ މެދުވެރިކޮށް 290 މިލިއަން ރުފިޔާގެ ލޯނު


ކޯވިޑް19އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިހާތަނަށް 1643 ފަރާތަކަށް ލޯނު ދޭން ނިންމާފައިވާކަމަށް އެސްޑީއެފްސީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް ހުށަހެޅި 2855 ފަރާތެއްގެ ތެރެއިން 1643 ފަރާތަކަށް ލޯނު ހަމަޖައްސައިދީފައިވާކަމަށެވެ. 1643 ފަރާތަކަށް ލޯނު ދޭން ނިންމިއިރު، އެފަރާތްތަކަށް ލޯނުގެ ގޮތުގައި 290.9 މިލިއަން ރުފިޔާ ހަމަޖައްސާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1183 ވިޔަފާރިއަކަށް ދޭން ނިންމި 277.2 މިލިއަން ރުފިޔާއާއި 460 އަމިއްލަ ފަރާތަކަށް ދޭން ނިންމި 13.7 މިލިއަން ރުފިޔާގެ ލޯނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 1603 ފަރާތަކަށް ލޯނު ލިބުނުކަމުގެ ލިޔުން ދީފައިވާއިރު، 1303 ފަރާތަކަށް 172 މިލިއަން ރުފިޔާގެ ލޯނު މިހާތަނަށް އެސްޑީއެފްސީ މެދުވެރިކޮށް ވަނީ ދޫކޮށްފައެވެ.

އެސްޑީއެފްސީން ލޯނު ދޫކުރި ދާއިރާތަކުގެ ތެރޭގައި،

ވިޔަފާރި - 640 ފަރާތަކަށް 151.6 މިލިއަން ރުފިޔާ
އަމިއްލަ މަސައްކަތް – 460 ފަރާތަކަށް 13.7 މިލިއަން ރުފިޔާ
ޓުއަރިޒަމް – 214 ފަރާތަކަށް 47.7 މިލިއަން ރުފިޔާ
ކޮންސްޓްރަކްޝަން – 150 ފަރާތަކަށް 40 މިލިއަން ރުފިޔާ
މެނުފެކްޗަރިން –86 ފަރާތަކަށް 16.1 މިލިއަން ރުފިޔާ
ޓްރާންސްޕޯޓް – 65 ފަރާތަކަށް 17.2 މިލިއަން ރުފިޔާ
މަސްވެރިކަން – 18 ފަރާތަކަށް 3.2 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި އެސްޑީއެފްސީން ލޯނު ދޫކުރި ފަރާތްތަކުގެ ތެރެއިން އަންހެނުން ހިންގާ 159 ވިޔަފާރިއަކަށް 28.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ 151 އަންހެނަކަށް 4.1 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ކޯވިޑްއާ ގުޅިގެން ގެއްލުންވަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެސްޑީއެފްސީން ލޯނު ދޫކުރަނީ ކޯވިޑް19 ވިޔަފާރީ އެހީގެ ނަމުގައި ތަޢާރަފްކޮށްފައިވާ ލޯނު ސްކީމްގެ ދަށުންނެވެ.

ާައައިފާން

ނުކުޅެދުންތެ ރިކަން ހުންނަ މީހުންކު ރާ ވިޔަފާ ރިތަކަށް ލިބިފައިވާ ގެއްލުންތަކަށް މާލީ އެހީތެ ރިކަން ފޯ ރުކޮށް ދިނުމުގައި އެމީހުނަށް އެއްވެސް ވަ ރެއްގެ ލުއި ގޮތް ތަކެއް ހަމަޖެހިފައި ވޭތޯއެވެ. ނޫނީ ޚާއްޞަ އަހަމިއްޔަތެއް ދެއްވާތޯއެވެ.