ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފިއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައިވާ މައްސަލަ ފުލުހުން ބަލަން ފަށާފައި ވާއިރު ތަހުޤީގަށް ސުވާލުކުރުމަށް މިރޭ ފުލުހުންގެ އިދާރާއަށް ކުރީގެ މިނިސްޓަރ އަލީ ވަހީދު ހާޒިރުކޮށްފައި ވާކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނަގެ ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށާއި، އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.
ފުލުހުން ދަނީ ދަނީ މި މައްސަލަ ތަޙްޤީޤު ކުރައްވަމުންނެވެ. ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި މައްސަލަތަކާގުޅޭ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުތުރުން ޖެންޑަރ މިނިސްޓަރަށްވެސް ވަނީ ހުށަހަޅާފައެވެ.