ކުޅިވަރު

މިނިވަން ފަންސާސް ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބީޖީ އަށް




މިނިވަން ފަންސާހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ބައިބަލާ މުބާރާތުގެ
ޗެމްޕިއަންކަން ބީޖީ ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ބީޖީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކުޑަހެންވޭރު ޔުނައިޓެޑާ
ވާދަކޮށް ސީދާ ދެގޭމުން މެޗް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ
ބީޖީގެ މުހައްމަދު މިރުޝާލްއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ބީޖީގެ ފަރަހް
ޝާމް ހޮވުނުއިރު، އެންމެ މޮޅު އެޓޭކަރަކަށް ހޮވުނީ އެކްލަބްގެ އަހުމަދު އަކްރަމްއެވެ.
މި ދެ ޓްރޮފީވެސް ހުށަހަޅާފައިވަނީ ވީކޭ ސްޕޯޓްސް ކަލްބުންނެވެ.

މިނިވަން ފަންސާސް
ބައިބަލާ މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވުނީ ހައްހާ ވައިކަންމައްޗެވެ. ފެއަރ ޕްލޭ
ޓްރޮފީ ހުށަހަޅާފައިވަނީ ކްލަބް ޒެފްރޯލްއިންނެވެ.

ފައިނަލަށްފަހު ރަނަރަޕްކަން
ލިބުނު ކުޑަހެންވޭރަށް ވަނީ ލޮރެންޒޯ ސްޕޯޓްސް ކަލްބުން ހުށަހަޅާފައިވާ ޓްރޮފީ
ދީފައެވެ. ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބުނުއިރު، ޗެމްޕިއަން ޓީމަށް
ފައިސާގެ އިނާމާ ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް ޖުމްހުރިއްޔާގެ ނައިބު އަހުމަދު
އަދީބެވެ.