ކުޅިވަރު

ރައީސްއާއ ހިސާބުން ވޮލީގެ ބައެއް ކަންތައްތައް ހުއްޓިފައ- އިލްޔާސް


ވޮލީގައި ކުރަން ބޭނުންވި ބައެއް ކަންތައްތައް
އެސޯސިއޭޝަންގެ ރައީސްގެ ސަބަބުން މިހާރުވެސް ހުއްޓިފައިވާކަމަށް ވޮލީ ބޯޅަ
އެސޯސިއޭޝަންގެ ދެން އޮންނަ އިންތިޚާބުގައި ރައީސްކަމަށް ކުރިމަތިލައްވާނެކަން
އިޢުލާންކޮށްފައިވާ، އެސޯސިއޭޝަންގެ މިހާރުގެ ނައިބް ރައީސް އިލްޔާސް އަހުމަދު ވަހީދު
ވިދާޅުވެއްޖެއެވެ. 

ނަމަވެސް އިލްޔާސް ވިދާޅުވީ ރާއްޖޭގައި ހިންގާ ބައެއް
އެސޯސިއޭޝަންތަކަށްވުރެ ވޮލީ ބޯޅަ އެސޯސިއޭޝަން ހިނގާލެއް މާ ރަގަނޅުވާނެކަމަށެވެ.
އިލްޔާސް ވިދާޅުވީ ވޮލީގައި މިހާގިނަ ދުވަސްވީއިރު، ވޮލީއަށް ވަރަށް ގިނަ ގުނަ
މަސައްކަތްތަކެއް ކޮށްދީފައިވާނެކަމަށެވެ. ނަމަވެސް ކުރަން ބޭނުންވި ބައެއް
ކަންތައްތައް ކިތަންމެ ބޭނުންވިއަސް ނުކުރެވި ހުރި ކަމަށް އިލްޔާސް ވިދާޅުވިއެވެ. ކަންކަން
ނިންމުމުގެ ބާރު އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމެޓީން އަދި ހާއްސަކޮށް
އެސޯސިއޭޝަންގެ ރައީސް އޭނާއަށް ދީފައި އޮތްނަމަވެސް އެންމެ ފަހު ބަސް ބުނާނީ
އެސޯސިއޭޝަންގެ ރަޢީސްކަމަށް އިލްޔާސް ވިދާޅުވިއެވެ.



" އަޅުގަނޑު އަދި
ނިންމިކަމުގައި ވީނަމަވެސް އަދި ކުރިއަށްގެންދަން ބޭނުންކަމުގައި ވީނަމަވެސް،
ބައެއް ކަންތަށްތަކަކީ ހުއްޓޭނެކަންތައްތައް. އެއީ ރައީސްގެ ޢިޙްތިޔާރުގައި ހުންނަ
ކަންތައްތައް. އޭގެ ތެރެއިން މިހާރުވެސް ބައެއް ކަންތައްތައް ހުންނާނެ ހުއްޓިފައި. އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑަށް މިދިން ވަގުތާ، އަޅުގަނޑުގެ ވިސްނުމާ
ލައިގެން، ހުއްޓިފައިހުރި ކަންތައްތައް ކުރިއަށްގެންގޮސްފިނަމަ އެއީ
ވޮލީއަށް ލިބޭ ކުރިއެރުމެއް." އިލްޔާސް ވިދާޅުވިއެވެ.