ކުޅިވަރު

ފަސް އަހަރަށް ފަހު އިކާ ކަސިޔަސް ރެއާލް މެޑްރިޑަށް


ފަސް އަހަރަށް ފަހު އިކާ ކަސިޔަސް ރެއާލް މެޑްރިޑާ އަލުން ގުޅިއްޖެއެވެ.

ކަސިޔަސް އަކީ ރެއާލް މެޑްރިޑާއި ސްޕޭނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންއެވެ. އޭނާ އަކީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕޭނަށް ކާމިޔާބުކޮށްދިން ކެޕްޓަންވެސްމެއެވެ.

2015 ވަނަ އަހަރު އޭނާ ރެއާލް މެޑްރިޑާ ވަކިވީ އެއިރުގެ ކޯޗު ހޯސޭ މޮރީނިއޯއާ ޖެހުނު މައްސަލާގައި ޓީމާގެ މެނޭޖްމަންޓާ ވެސް މައްސަލަޖެހިގެންނެވެ.

ނަމަވެސް އަލުން ކުރީގެ ކުލަބާ މިގުޅުނީ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ހާއްސަ އެޑްވައިޒަރަކަށް. ރެއާލް މެޑްރިޑުން ބުނީ ކަސިޔަސް ޓީމުގައި އަދާކުރާނެ ރޯލުގެ ތަފްސީލް އަދި އެއްކޮށް ނުނިމޭ ކަމަށާއި ނަމަވެސް ކުލަބުގެ ރައީސްއާ އެންމެ ގާތުން މަސައްކަތް ކުރާނެ އެކަކަށްއޭނާ ވާނެ ކަމަށް.
ސްޕެއިންގެ މީޑިޔާތަކުން ބުނާ ގޮތުގައި ރެއާލްއިން ވަކިވެ ޕޯޗުގަލްގެ ޕޯޓޯގައި ހުރި ކުރީގެ ކީޕަރު ކަސިޔަސް ގެނައުމަށް ޕްރޭޒް ނިންމީ އޭނާ އަކީ ކުރިމަގުގައި ސްޕޭނުގެ ފުޓްބޯޅައިގައި ނުފޫޒުގަދަ މީހަކަށްވާނެ ކަމަށް ބަލައިފައެވެ. އަދި އޭނާ އަކީ ރެއާލް މެޑްރިޑްގެ ލެޖެންޑަކަށްވުމުން ކުރީގެ ކުޅުންތެރިން ކުލަބަށް ގެނައުމުގެ އާ ސިޔާސަތުގެ ތެރެއިން ކަމަށެވެ.

ކަސިޔަސް ވަނީ ދާދި ފަހުން ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ވެސް ވާދަކުރަން ނިންމައިފައެވެ. ނަމަވެސް ފަހުން އޭނާ މިކަން ނުކުރަން ނިންމީ ކޮވިޑް19އާ ހެދި ކެމްޕޭން ކުރާނެ ވަގުތު ނެތް ކަމަށްބުނެއެވެ.