ޚަބަރު

ކޭޝް ކާޑް ބޭނުންކޮށްގެން ވައްކަންކުރި މީހެއް އަތުލައިގެންފި.


ޢުމުރުން ދުވަސްވީ މީހެއްގެ ކޭޝް
ކާޑެއް ވަގަށް ނަގައިގެން ގިނަ އެކި ދުވަސް މަތިން
އެކައުންޓުން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު މ އަތޮޅު މުލަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. 



މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 33
އަހަރުގެ ދިވެހި ފިރިހެނެކެވެ.



މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަހުގެ 23
ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މި މަހުގެ
24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.



މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި މިމީހާ ވަނީ ކޭޝް ކާޑު ވަގަށް
ނެގުމަށްފަހު މިއަހަރުގެ އެކި ދުވަސް މަތިން 124000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައެވެ.



މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށްޓަކައި މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ
މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން
ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 9 ދުވަހުގެ މުއްދަތެއް ދީފައެވެ.



މި މައްސަލަ މ. މުލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.