ކުޅިވަރު

އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު މިމަހުގެ 29ވަނަ ދުވަހު


އެތްލެޓިކްސް އެސޯސިއޭޝަންގެ އިންތިޚާބު މިމަހުގެ 29ވަނަ ދުވަހު ބާއްވަން ޢިއުލާންކޮށްފިއެވެ.

މިމަހުގެ 29ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އަހަރީ ޢާންމު ޖަލްސާގައި އެގްޒެކެޓިވް ކޮމިޓީއަށް، އެސޯސިއޭޝަންގެ ރަޢީސް، ނާއިބު ރަޢީސް، ހަޒާންދާރު، އަދި އާންމު ތިން މެމްބަރުންނާއި އަންހެން މެމްބަރެއްގެ އިތުރުން އިންތިޚާބުކުރާނެއެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހު މެންދުރު 12ޖެހުމާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެސޯސިއޭޝަންއިން ބުނެފައިވަނީ އިންތިޚާބު ބާއްވާނެތަނެއް ފަހުން ޢިއުލާން ކުރާނެކަމަށެވެ. ބެލެވޭގޮތުގައި އަދި އިނތިޚާބު ބާއްވާނެތަނެއް ޢިއުލާންކޮށްފައި ނުވަނީ ކޯވިޑް-19 އާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އެތްލެޓިކްސް އެސޯސިއޭޝަންއިން އިންތިޚާބު ބާއްވަން ޢިއުލާންކުރިއިރު ދާދިފަހުން ފުޓުބޯޅަ އެސޯސިއޭޝަންއިންގެ އިންތިޚާބުގައި ބައިވެރިވި ފަރާތެއް ކޯވިޑް-19 އަށް ޕޮސިސިޓްވުމުން، އެ އިދާރާގެ މުވައްޒަފުންނާއި ޖަލްސާއަށް ދިޔަ ނޫސްވެރިން ވަނީ ކަރަންޓީނުކޮށްފައެވެ.