ކުޅިވަރު

2022ވަނަ އަހަރުގެ ވޯލްޑްކަޕް: ގުރޫޕް ސްޓޭޖުގައި ދުވާލަކު ހަތަރު މެޗު


ގްރޫޕް ސްޓޭޖުގައި ދުވާލަކު ހަތަރުމެޗު ކުޅޭގޮތަށް 2022ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕުގެ މެޗުތަށް ރޭވިފައިވާގޮތް ފީފާއިން ޢިއުލާންކޮށްފިއެވެ.

2022ވަނަ އަހަރު ފުޓުބޯޅައިގެ އެންމެ ބޮޑު ޢީދުކަމަށްވާ ގަތަރުގައި އޮންނަ ފީފާ ވޯލްޑްކަޕްގެ މެޗުތަށް ރޭވިފައިވާގޮތް ޢިއުލާންކުރިނަމަވެސް މުބާރާތުގެ ގުރުއަތުލުން އޮންނާނީ 2022ވަނަ އަހަރުގެ މާޗުމަހުގައެވެ.

ފީފާއިން މިހާރު މެޗުތަށް ރާވާފައިވާގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތަށް 12ދުވަހަށް ދެމިގެންދާނެއެވެ. ޖުމްލަ 8 ސްޓޭޑިއަމްގައި މެޗުތަށް ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފުރަތަމަމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަލް ބައިތް ސްޓޭޑިއަމްގައެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ދޯހާގައި ހުންނަ ލުސައިލް އައިކޮނިކް ސްޓޭޑިއަމްގައެވެ.

ފީފާއިން މުބަރާތުގެ މެޗުތަށް ރޭވިފައިވާގޮތް އިއުލާންކުރުމަށްފަހު މިހާރި އެއިދާރާއިން އަންނަނީ މެޗުތަށް ކުޅޭނެ ގަޑިތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ދުވާލަކު 4 މެޗު ކުޅޭގޮތަށް ޖަމަޖެއްސުމުން ސަޕޯޓަރުންނަށް މެޗުތަށް ބަލަން ފަސޭހަވާނެ ގޮތަކަށް ގަޑިތަށް ރާވަން މިހާރި އެއިދާރާއިން ދަނީ މަޝްވަރާކުރަމުންނެވެ.

ގަތަރުގައި 2022ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕަކީ، ވޯލްޑްކަޕްގެ ތާރީޚުގައިވެސް ބާއްވާ އެންމެ ކުލަގަދަ މުބާރާތަށް ހެދުމަށް ގަތަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުބާރާތަށް ގަތަރުން ތައްޔާރުކުރާ ސްޓޭޑިއަމްތައް ވެގެންދާނީ ދުނިޔޭގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ސްޓޭޑިއަމްތަކަށެވެ.