ޚަބަރު

ރޮދިރޯލަކާއި އެއަރޕޮޑުތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ


ރޮދިރޯލަކާއި ތިން އެއަރޕޮޑުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ވެރި ފަރާތްތެއް ހޯދުމަށް މަސައްކަތްކުރުމަށް އަންނަ ރޮދި ރޯލަކީ މިމަހުގެ 3 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ކަނބާއައިސާ ރަނިހިނގުން، އެސްޓިއޯ ހެޑް އޮފީސްކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ރޮދި ރޯލެއްކަމަށެވެ. އަދި އެއަރޕޮޑްތަކަކީ އެމީހާ އެވަގުތު ހުރި ސަރަހައްދުގައި ހުރި ސައިކަލެއްގެ ވަށިގަނޑެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެހިކަމަށެވެ.

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މަގުމަތިން ބައެއް ފަރާތަތަކުން ހޯވާ ފުލުހުންނަށް ހަވާލުކުރާތަކެތީގެ ވެރި ފަރާތް ހޯދުމަށް ފުލުހުން އަންނަނީ އިއުލާންކުރަމުންނެވެ.