ޚަބަރު

ކެންދޫ މަޤާމުފުޅު އިހު ހުރި ގޮތަށް މަރާމާތުކޮށް ދޭނެ ބަޔަކު ހޯދަނީ


ބ. ކެންދޫ މަޤާމުފުޅު އިހު ހުރި ގޮތަށް މަރާމާތުކޮށް ދޭނެ ފަރާތެއް ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އިއުލާންކޮށްފިއެވެ.

ކެންދޫގައި ހުންނަ ތަބްރޭޒީ މަގާމްފުޅު މަރާމާތުކޮށް އެ ބިނާ އިތުރަށް ވަރުގަދަކުރު،ުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯވިޑްގެ ކުރިންވެސް ޤައުމީ މަރުކަޒުން ވަނީ އިއުލާންކޮށްފައެވެ. އެހެންނަމަވެސް ކޯވިޑްއާއި ގުޅިގެން އެ އިއުލާން ބާތިލުކޮށް އަލުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ޝައުގުވެރިކަން ފާޅުކުރުމަށް މި ވަނީ ހުޅުވާލާފައެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށައެޅުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އިއުލާންގައިވެއެވެ.

ރާއްޖެ އިސްލާމްކޮށްދެއްވި ބޭފުޅާކަމަށް ބައެއް ތާރީހީ އިލްމުވެރިން ލިޔުއްވާފައިވާ ތަބްރޭޒީ ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ މަޑުކުރެއްވީ ބ. ކެންދޫގައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ކެންދޫގައި ހުންނަ މަޤާމުފުޅަކީ ތަބްރޭޒީ ނަމާދުކުރައްވާ ހެއްދެވި ތަންތަކަމަށްވެސް ބައެއް ތާރީހީ ލިޔުންތަކުގައިވެއެވެ.