ޚަބަރު

ޖިނާއީ ބޮޑެތި މައްސަލަތަކަށް ޤާނޫނީ ވަކީލުން ހޯދަނީ


ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީވުމަށް ބޭނުންވާ ޤާނޫނީ ވަކީލުން ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން އިއުލާންކޮށްފިއެވެ.ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރެއިން ޤާނޫނީ ވަކީލުން ހޯދުމަށް އިއުލާން ކޮށްފައިވަނީ، މަރުގެ މައްސަލަތަކަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ރާއްޖެ އެތެރެކުރުމުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ މައްސަލަތަކަށެވެ.ނަމަވެސް ހޯދަން ބޭނުންވަނީ ކިހާ އަދަދެއްގެ ޤާނޫނީ ވަކީލުން ކަމެއް ބަންޑާރަ ނައިބުގެ އޮފީހުން ހާމައެއް ނުކުރެއެވެ.ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލުން ހަމަޖައްސައިދޭން ޖެހެއެވެ. ނަމަވެސް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭފަދަ މާލީ ތަނަވަސްކަންނެތް މީހުން ދެނެގަނެ، އެފަދަ ފަރާތްތަކަށް އެހީވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ އުސޫލުތަކެއް އެކުލަވާލާފައެވެ.