ކުޅިވަރު

ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރެވޭ އައުޓްޑޯ ޖީމްއަށް ބޭނުންވާ އިކުއިޕްމަންޓް އިންޑިއާ ސަރުކާރުން ހަދިޔާކޮށްދެއްވައިފި


ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރެވޭ އައުޓްޑޯ ޖީމްއަށް ބޭނުންވާ އިކުއިޕްމަންޓް އިންޑިއާ ސަރުކާރުން ހަދިޔާކޮށްދެއްވައިފި.
މި ސާމާނު މިނިސްޓްރީ އޮތް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި ޚާއްސަކޮށްގެން މިއަދު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު. މި ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަޚުލޫފެވެ.
މި މަޝްރޫއަކީ އިންޑިއާއިން ފޯރުކޮށްދީފައިވާ 8 މިލިއަން ރުފިޔާގެ ގްރާންޓް އެހީގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ފަރާތުން ހިންގާ މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި، ޚާއްސަކޮށް އެކި ގޮތްގޮތުން ދިވެހި ކުޅިވަރު އެތައް ގިނަގުނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެއްކަމަށެވެ.
މިނިސްޓަރ މަހުލޫފް ވިދާޅީ، މި އައުޓްޑޯ ޖީމްތަކުގެ ސަބަބުން ރަޢީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ދުޅާހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތައް ބޮޑު ކުރޮއެރުމެއް ލިބިގެންދާނެ ކަމަށާއި، ޚާއްސަކޮށް މި ޖީމްތަކުގެ ސަބަބުން ރައްތަކުގައި ސްޕޯޓްސް ކައުންސިލަރުންނަށް އެކިއެކި ޚަރަކާތްތައް ހިންގުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިންޑާ ސަރުކާރުން މިހާރުވެސް ދަނީ ދިވެހި ކުޅިވަރަށް ބޮޑެތި ގިނަ އެހީތަކެއް ވެދެއްވަމުން ކަމަށާއި، އެގޮތުން ޚާއްސަގޮތެއްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމަށް ފަހިކޮށްދެއްވާފައިވާ ޓްރެއިނިންގ ކޭމްޕާއި، އިންޑިއާ ސަރުކާރުން ރާއްޖޭގައި ބިނާކުރުމަށް ނިންމާފައިވާ ވޯލްޑް ކްލާސް ކްރިކެޓް ސްޓޭޑިއަމްއަކީ މިކަންކަމުގެ ހެތްކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު، ސަންޖޭ ސުދީރު ވިދާޅުވީ، އިންޑިއާ ސަރުކާރުން ދެކޭގޮތުގައި، މިފަދަ މަސައްކަތްތަކަކީ އިންޑިއާއިން ރާއްޖެއައް ފޯރުކޮށްދީފައިވާ ގްރާންޓް ސްކީމްގެ ދަށުން ހިންގޭ އެންމެ މުހިންމު މަޝްރޫއުތައް ކަމަށާއި، މި 61 އައުޓްޑޯ ޖީމްގެ ސަބަބުން އެރައްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެލަން ޔަގީންކުރައްވާކަމަށެވެ.

އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 106 މިލިއަން ރުފިޔާގެ ގްރާންޓް އެހީގައި ސިޓީ އަދި ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުން، މިހާރުވެސް މިފަދަ 18 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ