ކުޅިވަރު

މިނިވަން 50 ބައިބަލާ މުބާރާތް، ސެމީ ފައިނަލް މިރޭ


މިނިވަން 50 ބައިބަލާ މުބާރާތުގެ ސެމީއަށް
ވައިކަންމައްޗާ  ކުޑަ ހެންވޭރާ ބުރު
ސްޕޯޓްސްއާ ބީޖީ ސްޕޯޓްސް ކުލަބް ދަތުރުކޮށްފިއެވެ.

މިނިވަން 50 އާ ގުޅިގެން
ކުރިއަށްގެންދާ މިމުބާރާތުގެ ސެމީއަށް ހައްހާ ވައިކަންމަތި ދަތުރުމިކުރީ ރޭ
ކުޅެވުނު ކުއާޓާރ ފައިނަލް މެޗް އީގަލްސްއިން ތްރީޑީއާ ވާދަކޮށް ކާމިޔާބުކޮށްގެންނެވެ.
މިމެޗް ހައްހާ ވައިކަންމަތި ގެންދިޔައީ ސިދާ ދެ ގޭމުންނެވެ.

ބުރު ސްޕޯޓްސް ކުލަބާ ބިޖީ
ނިއު ޖެނެރޭޝަން ވާދަކުރި މެޗް ގަދަ ހިފުމަށް ގޮސްގެން މެޗް ކާމިޔާބުކުރީ ބުރު
ސްޕޯޓްސް ކުލަބްއެވެ. ކުޑަ ހެންވޭރު ޔުނައިޓެޑާ ކުލަބް ޕީކޭ ވާދަކުރި މެޗް ސީދާ ދެ
ގޭމްއިން ގެންދިޔައީ ކުޑަ ހެންވޭރު ޔުނައިޓަޑްއެވެ. އަދި ރޭގެ ފަހު މެޗްގައި
ބައްދަލުކޮށްފައިވަނީ ޓީނޭޖް ނިއު ޖެނެރޭޝަންއާ ބީޖީ ސްޕޯޓްސް ކުލަބްއެވެ. ސީދާ ދެ ގޭމުން
މިމެޗް ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް ކުލަބްއެވެ.

މިމުބާރާތުގެ ސެމީއާ ފައިނަލް މެޗް
ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ
ހައްހާ ވައިކަންމައްޗާ ކުޑަ ހެންވޭރު ޔުނައިޓަޑް. އަދި ސެމީގެ ދެވަނަ މެޗްގައި ވާދަކުރާނީ
ބުރު ސްޕޯޓްސް ކުލަބާ ބީޖީ ސްޕޯޓްސް ކުލަބެވެ.