ޚަބަރު

ޕޮލެންޑުގެ ރިޔާސީ އިންތިޚާބު ދޫދާ ކާމިޔާބުކުރައްވައިފި


ޕޮލެންޑުގެ ރިޔާސީ އިންތިޚާބުކުރައްވާ ރިޔާސީ ދެވަނަ ދަޢުރަކަށް އެ ޤައުމުގެ ރައީސް އަންދުރޭ ދޫދާ އިންތިޚާބުވެވަޑައިގެންފިއެވެ. ދޫދާއާ ދެކޮޅަށް ވާދަކުރެއްވީ ޕޮލެންޑުގެ ވެރިރަށް ވޯސޯގެ މޭޔަރު ރަފައު ތުރަސްކޯވުސްކީއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ދޫދާ އިންތިޚާބު ކާމިޔާބުކުރެއްވީ ވަރަށް ކުޑަ ތަފާތަކުންނެވެ. ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ދޫދާއަށް ލިބިވަޑައިގަތީ 50.4 އިންސައްތަ ވޯޓެވެ. އަދި ތުރަސްކޯވުސްކީއަށް ލިބިވަޑައިގަތީ 49.6 އިންސައްތަ ވޯޓެވެ. ބެލެވޭ ގޮތުގައި އެ ޢަދަދުތަކަށް 2 އިންސައްތައިގެ ބަދަލެއް އައުމުގެ ފުރުޞަތު ބޮޑެވެ. ވަގުތީ ނަތީޖާތަކުން ދޫދާ ކުރީގައި އުޅުއްވިނަމަވެސް ރަސްމީ ނަތީޖާއިން ކުރި ލިބިވަޑައިގަންނަވާނީ ތުރަސްކޯވުސްކީއަށްކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޕޮލެންޑުގެ ރައީސް ދޫދާވަނީ ދެވަނަ ދަޢުރަކަށް އޭނާ އިންތިޚާބުވެވަޑައިގެންފައިވާކަން އިޢުލާންކުރައްވާ އޭނާއާ ވާދަކުރެއްވި ތުރަސްކޯވުސްކީއާ ބައްދަލުކުރެއްވުމަށް ދަޢުވަތު ދެއްވައިފައެވެ. ނަމަވެސް ތުރަސްކޯވުސްކީ ވިދާޅުވީ އެފަދަ ބައްދަލުވެމެއް ބާއްވަން އެންމެ އެކަށީގެންވަނީ ދާޢިމީ ނަތީޖާ އިޢުލާން ކުރުމުންކަމަށް ވިދާޅުވެފައެވެ.

ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ޕޮލެންޑުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 68.9 އިންސައްތަ މީހުންނެވެ. އެއީ ކުރީގެ އިންތިޚާބުތަކަށްވުރެ ވަރަށް ބޮޑު ތަނުން އިތުރު ޢަދަދެކެވެ،