ޚަބަރު

މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެ


މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުުހުން ވިދާޅުވެފައިވަނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑިއާ ފިރިހެނެއްކަމަށެވެ.

މި މީހާ މަރުވެފައި އޮއްވާ ފެނުނު ގެސްޓު ހައުސްއަކީ ހެންްވޭރުގެ ގެއްގައި ހުއްދަ ނުނަގައި، ހިންގަމުންދާ ގެސްޓް ހައުސްއެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. މިތަނުގައި މީހާކު މަރުވެފައިވާ އޮތްކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:52ހާއިރުއެވެ.

މިކަމާ ގުޅިގެން ފުލުހުންދަނީ އެގޭގައި ޙަރަކާތްތެރިވަމުންނެވެ.