ވިޔަފާރި

އޮންލައިންކޮށް ސްޓެލްކޯ ބިލް ދައްކާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް!


ސްޓެލްކޯ ބިލްތަކަށް އޮންލައިންކޮށް ފައިސާ ދައްކައިގެން އިނާމް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ބިލްތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުން އޮންލައިން ހިދުމަތް އިހްތިޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮމޯޝަނެއްކަމަށެވެ. މިގޮތުން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކަވައިގެން ނަސީބުވެރި 10 ފަރާތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ގުރުއަތުން ހޮވޭ 10 ފަރާތަކަށް 1000 ރުފިޔާ ލިބުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ ޖުލައިމަހު އޮންލައިންކޮށް ބިލްތަކަށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުންކަމަށެވެ. މިގޮތުން ސްޓެލްކޯ އީޕޭ ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތައް މިޕްރޮމޯޝަންގައި ހިމެނޭނެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާލޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފުރަބަންދަށް ދިއުމާއި ގުޅިގެން ސްޓެލްކޯއިން މީޓަރުގެ ރީޑިން ނެގުމާއި، ބިލް ދެކުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔައީ ފޯނާއި، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްދެވެ.

ކަަކި

މަ ދައްކަނިި އޮންލައިންކޮން އަބަދުވެ ސް އެކަމް ތިޔަކިޔާ ގުރުއަތެއްގަ އަޅައެއް ނުގަނޭ

މީޓަރު

ބިލު ރެޑީކޮށްގެން ދޯ ދެއްކޭނީ!