ތަޢުލީމު

ސީއެޗްއެސްއީގައި ހަތަރު ބުރީގެ ލެބޯޓްރީ އިމާރާތެއް ހަދަނީ


ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ
އެޑިއުކޭޝަން، ސީ.އެޗް.އެސް.އީގައި އާ ލެބޯޓްރީ އީމާރާތެއް ހެދުމަށް ބީލަމަށްލައިފިއެވެ. 

ސީ.އެޗް.އެސް.އީގެ ޕްރިންސިޕަލް
އައިޝަތު ސޮފޫރާ ވިދާޅުވީ އާ އީމާރާތެއް ހެދުމަށް ނިންމީ ސީއެޗްއެސްއީގެ ލެބޯޓްރީތައް
މިހާރު ހުރި އިމާރާތް ވަރަށް ބޮޑަށް ބާވެފައިވާފައިވާތީކަމަށެވެ. އަދި އެ އިމާރާތް
ތަޅާލުމަށްފަހު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރީގެ އިމާރާތެއްކަމަށް
ސޮފޫރާ ވިދާޅުވިއެވެ. އެ މިއިމާރާތުގައި ކެމިސްޓްރީ 2 ލެބާއި، ފިޒިކްސް 2 ލެބާއި،
ބައޮލޮޖީ 2 ލެބާއި އެކު ޖުމްލަ ހަ ލެބޯޓްރީއެއް ހުންނާނެކަމަށްވެސް ސީއެޗްއެސްއީގެ
ޕްރިންސިޕަލް ވިދާޅުވިއެވެ.



އެޑިއުކޭޝަން މިނިސްޓްރީގެ
އެދިވަޑައިގަތުމުގެ މަތިން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މި އިމާރާތް
ޑިޒައިންކޮށް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް ޓެންޑަރަށް ލާފައެވެ.