ޚަބަރު

މުލީ ސްކޭޓް ޕާކު ބަލާލަންވެސް އެހާ ހިތްގައިމު


މ މުލީގައި އަޅާފައިވާ ސްކޭޓް ޕާކުން ރާއްޖޭގެ ހިތްގައިމު ރީތިކަން ދައްކާލައިފިއެވެ. މަތިން މި ޕާކު ބަލާލަން ވަރަށް ހިތްގައިމެވެ. މ. މުލީގައި އަޅާފައިވާ ސްކޭޓް ޕާކު މަތިން ބަލާލުމުން ފެންނަނީ ރާއްޖޭގެ ނޫވިލިގެ ތެރޭގައި ދުވެފައިދާ މަޑިއެކެވެ.

މުލީގައި އަޅާފައިވާ ސްކޭޓް މި ޕާކަކީ ރޯލަރސްކޭޓްކުރާ ކުދިންނަށް ހާއްސަ ޕާކެކެވެ. ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ މި ޕާކަކީ ދެލައްކަ ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ޕާކެއްކަމަށެވެ. އަދި މި މި ޕާކު ހެދުމުގައި " ވޮންޑަރސް އަރައުންޑް ދަ ވަރލްޑް" ގެ ލިބުނު އެހީތެރިކަން ފާހަގަކޮށް އެކަމަށްވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން މުލީ ކައުންސިލާއި އެ ދައިރާގެ މަޖިލިސް މެމްބަރ އިކްރާމް ހަސަންވެސް ކޮށްދެވި މަސައްކަތް ފާހަގަކޮށް އެކަމަށްވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަލަށް އެޅި މި ޕާކު ބޭނުންކުރަން ފެށުމުން މިތަން އެރަށު ކުދިންނަށް ވަރަށް ހިތްގައިމު މަޖާތަނަކަށް ވަނީ ވެފައެވެ. އަދި ގިނަ އަދަދެއްގެ ކުދިން އެތަނަށް ނުކުމެ ރޯލަރސްކޭޓް ދަސްކުރުމުގައި އަންނަނީ ބައިވެރިވަމުންނެވެ.