ވިޔަފާރި

އިންތިޒާރު ނިމުމަކަށް، މިނީސޯގެ ރާއްޖޭގެ އައުޓްލެޓް މާދަމާ ހުޅުވަނީ


ހެޔޮ އަގެއްގައި ތަކެތި ވިއްކުމުގައި އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ "މިނގެ ރާއްޖޭގެ އައުޓްލެޓް މާދަމާ ހުޅުވުމަށް ނިންމައިފިއެވެ.

'މިނީސޯ'ގެ ފިހާރެއް ރާއްޖޭގައި ހުޅުވަނީ ސޮނީ ސްޕޯޓްސްއިންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސޮނީ ސްޕޯޓްސްގެ ޖެނެރަލް މެނޭޖަރ މައުމޫން އަބްދުﷲ ވިދާޅުވީ ފިހާރަ ހުޅުވާލާނީ މާދާމާ މެންދުރު ފަހު 2:00 ޖަހާއިރު ކަމަށެވެ.

މިނީސޯ ފިހާރަ ހުންނާނީ ކަލާފާނު ސްކޫލްގެ މައި ގޭޓު ކުރިމަތީގައެވެ. މި ފިހާރައިން މިނިސޯގެ އެހެން ފިހާރަތަކުންވެސް ލިބެން ހުންނަ ތަކެތި ލިބެން ހުންނާނެކަމަށް މައުމޫން ވިދާޅުވިއެވެ.

ސްނީ ސްޕޯޓްސްއިން ދަނީ މިނީސޯ ފިހާރައިން ލިބެން ހުންނަ ތަކެތި އޮންލައިންކޮށްވެސް ވިއްކަމުންނެވެ.

މިނީސޯއިން މިހާރުވެސް ދަނީ ދުނިޔޭގެ 90އަށް ވުރެ ގިނަ ޤައުމެއްގައި ފިހާރަތައް ހިންގަމުންނެވެ. ޗައިނާގެ ކުންފުންޏެއް ކަމަށްވާ މިނީސޯއިން ދަނީ އެ އެކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ހިސާބުތަކަށް އިތުރަށް ފުޅާ ކުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

2011 ވަނަ އަހަރު ހުޅުވި ފުރަތަމަ މިނީސޯގެ ފިހާރައާއެކު ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ވަނީ އާއްމުންގެ މެދުގައި ބޮޑޫ މަޤްބޫލްކަމެއް ހޯދާފައެވެ. އޭގެތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި، ފޮތް ފަންސޫރު ފަދަ ތަކެއްޗާއި، ކުޑަކުދިން ކުޅޭ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަދިގޭ ސާމާނު މިނީސޯގެ ފިހާރަތަކުން ހެޔޮ އަގެއްގައި ލިބެން ހުރެއެވެ.