ޚަބަރު

އުދަ އަރާފާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި


ދިޔަވަރު ބޮޑުވާ ވަގުތު އުދަ އަރާނެކަމަށް ލަފާކޮށް ކ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަަކަށް ޔެލޯ އެލާޓު ނެރެފިއެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ ބިޔަ ބާނިތަކެއްގެ ސަބަބުން ވޭތުވެދިޔަ ދެތިންދުވަހު ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ އުދަ އަރަމުންނެވެ. އަދި މިއަދުވެސް ހަވީރު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ރާއްޖޭގެ ބޮޑުބަޔަކަށް އުދައަރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ރާޅު އަރާނެކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފައިވަނީ މިރޭ 19:30 އާއި ހަމައަށެވެ.

ދެކުނުގެ އަތޮޅުތަކުގެ އިތުރަށް، އުތުރުން ށ، ނ، ރ، ބ އަދި ޅ އަތޮޅުގެ ބައެއް ރަށްތަކަށް އުދައަރާނެކަމަށް ލަފާކޮށް، ވައިޓްއެލާޓް ވަނީ ނެރެފައެވެ. މި އަތޮޅުތަކަށް ވައިޓްއެލާޓް ނެރެފައި ވަނީ އިރުއޮއްސި 18:00އާއި ހަމައަށެވެ.

ދިޔަވަރު ބޮޑުވާވަގުތު ރާޅުގެ އުސްމިން 2ފޫޓާއި 4ފޫޓަށް އަރާނެކަމަށް މެޓުން ލަފާކުރެއެވެ.

ވޭތުވެދިޔަ ދެތިންދުވަހު އުދައަރައި ބައެއް ރަށްތަކަށްވަނީ ގެއްލުންވެފައެވެ.